Keiytherikan Reeath

Поделиться
HTML-код
  • Опубликовано: 8 апр 2025
  • 'ކެތްތެރިކަން'
    ފާޠިމަތު ރީޢަތު ފަހުމީ
    'އުނގެނޭ ދުލަކުން' މިއީ، ބަރަކާތްތެރި ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން، އަބޫބަކުރު ސްކޫލުން ސިލްސިލާކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއެކު ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރުތައް ބޭނުންކުރުމުގެ ފުރުޞަތު ލިއްބައިދީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. މިގޮތުން، ވާހަކަދެއްކުންތެރިކަމާއި، ހުށަހެޅުންތެރިކަމާއި، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި، ވީޑިއޯ ކެމެރާ ކުރިމަތީގައި ހުށަހެޅުމާއި، މިފަދަ ދަރުސްތައް ވީޑިއޯކޮށް ތައްޔާރުކުރުމުގެ ފަންނީ މަސައްކަތްތައް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.
    މި މަސައްކަތުގައި އެހީތެރިވެދެއްވި، އަރުތަ ޖަމްޢިއްޔާ އަށާއި، ދަރިވަރުން ތައްޔާރު ކޮށްދެއްވި، މި ސްކޫލުގެ ލޮބުވެތި މުދައްރިސުން ކަމުގައިވާ، ފުރޫޝާ އަޙްމަދު، ހަޝްމު ނާޒިމް، ޔާސްމީން އިބްރާހީމް، ނަޒީހަތު ޢަބްދުﷲ، ޝަމާ ސުޢޫދުގެ އިތުރުން ލޮބުވެތި ބެލެނިވެރިންނާއި، މި ޕްރޮގްރާމް ވިލަރެސް ކުރެއްވި ލީޑިންގ ޓީޗަރ މަރްޔަމް ނަސީމާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.

Комментарии •